ދިއްދޫއިންވެސް މިހާރު ޕާސްޕޯޓް ލިބޭނެ
ހދ.ދިއްދޫގައި އިމިގްރޭޝަންެގެ އޮޮފީހެއް ހުުޅުވައި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިއޮފީސް ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ވަހީދާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސެއިން އެވެ.
މިއޮފީސް މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
މިއަދު ވަނީ އެރަށުން ދޫކުރި އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްފައެވެ. މި ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙުމަދު ޙުސެއިން އެވެ.
ހއ ދިއްދޫގައި ދިވެހި ޕާސްޕޯޓުގެ ޙިދުމަތް މިއަދު ފެށިއިރު، މިއީ އިމިގްރޭޝަނުން މާލެ ފިޔަވާ މިޚިދުމަތް ދޭން ފެށުނު ހަތަރު ވަނަ ރަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް