ބަންޑުންޖަހާލި ޑިންގީގައި ތިބި 3 މީހުން ސަލާމަތްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ތިން މީހަކު ފަރުމަސްވެރިކަމަށް ނުކުތް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި ތިން މީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 6:11 ހާއިރުއެވެ.
އަދި މި ޑިންގީ ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ޑިންގީ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށާ، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ހެނދުނު 9:32 ހާއިރު އެ ޑިންގީ ހޯދާފައިވާ ކަމަށެވެ.
އަދި ޑިންގީ ގައި ތިބި މީހުން ވަނީ ސަލާމަތް ކޮށްފައެވެ. އެމީހުން ފެނުނުއިރު ތިބީ ބަންޑުން ޖަހާލާފައި އޮތް ޑިންގީ ބަނޑުފިލާމަތީގައެވެ.
ނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް