ޕޯސްޓަރ/ އުރީދޫ
ޕޯސްޓަރ/ އުރީދޫ
ވިޔަފާރި 07 Apr 2025 | 08:31

މި އެޕްރީލް މަހު އުރީދޫ ގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ސަންތި މަރިޔަނބާ ވާހަކަދައްކާ ލުމުގެ ފުރުސަތު!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މި އެޕްރީލް މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން މެދުވެރިކޮށް ސަންތި މަރިޔަނބާ ވާހަކަދައްކާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ.

މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.

އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫއިން ބުނީ، ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ ކަމަށެވެ. އަދި މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.

އުރީދޫއިން ވަނީ، އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫއާއި ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...