ހިނާމާގޭ މެކޭނިކަލް ޕާކިންގ ސިސްޓަމް ނަގަނީ
ހ.ހީނާމާގޭގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް ނެގުމަށްފަހު އެތަނުގައި ޕާކްކުރާނެ ޖާގައެއް އަލުން ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން ސިޓީ ކައުންސިލުން ވަނީ އެތަނުގައި ގާއިމްކުރި 300 ސައިކަލަށް އެއްފަަހަރާ ޕާކްކުރެވޭނެ ސިސްޓަމް ނެގުމަށްފަހު، އާދައިގެ ޕާކިންގ ޒޯނެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި ޕާކިންގ ޒޯންގެ މަސައްކަތް މިމަސް ނިމެންވާއިރަށް ނިންމާލަން ވަނީ އަމާޒުހިފާފައެވެ.
ނިމިދިޔަ ސަރުކާރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ޕާކިންގ ސިސްޓަމްތަކެއް ގާއިމްކޮށްފައެވެ. ނަމަވެސް އެތަންތަން ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ވަނީ ބާ ދަގަނޑަށް ބަދަލުވެފައެވެ.
ފޮޓޯ: އަވަސް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް