ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް
ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް
ރިޕޯޓް 07 Nov 2025 | 14:48

ރޭވިޔަސް ގިނަ ބަޔަކު ހުޅުމާލެ ފަރުމަތީ، ކޮން ކަމެއް؟

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މި ދުވަސްވަރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް އެއްގަމާއި ކަނޑުގެ މަގުން ދަތުރުކުރާ މީހުންނަށް މި މަންޒަރު ފެންނާނެ އެވެ. އެއީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ހުޅުމާލެ ފަރުމަތި ހިކި ތޮށިމަތީ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާ މަންޒަރެވެ.

ހުޅުމާލެއާ މާލެ ގުޅޭ ހައިވޭ ފެށޭ ސަރަހައްދުގެ ފަރުމަތީން ތޮށިގަނޑު ވަަރަށް ބޮޑަށް ހިކޭތާ ހަފްތާއެއްހާ ދުވަސް ވަނީ އެވެ. ހެނދުނުގެ ބައެއް ވަގުތުތަކާއި ހަވީރާއި ރޭގަނޑުގެ ބައެއްގައި ބޮޑު ސަރަހައްދެއް ހިކިފައި އޮވެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

އެ ވަގުތުތަކުގައި ވަރަށް ގިނަ ބަޔަކު ތޮށިގަނޑު މަތީ އުޅެ އެވެ. މިއީ ބައެއް މީހުންނަށް ތަފާތު މަންޒަރެކެވެ. ވަރަށް ގިނަ މީހުން އެ މީހުން ތޮށިގަނޑު މަތީ ކުރަނީ ކީއްތޯ ސުވާލު ކުރެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ހަވީރު ފަރުމައްޗަށް އެރޭ މީހުން ރޭގަނޑުވާއިރުވެސް އުޅެ އެވެ. ގުދުވެ ގުދުވެފައި އެއްޗެހި ހޮވާ މަންޒަރު ފެނެ އެވެ. ގައުތައް ދުރުކޮށް އެއްޗެއް ހޯދަން އުޅޭ ތަން ފެނެ އެވެ. ރޭވުމުން ބައްތިތައް ދިއްލާ އެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ބައެއް މީހުން ދަނީ އާއިލާއާ އެކުގަ އެވެ. ބައެއް މީހުން އެ މީހުންގެ އެކުވެރީންނާއެކު އެވެ. ވަކީން ގޮސް އުޅޭ މީހުން ވެސް ފެނެ އެވެ.

ފަރުހިކިފައި އޮންނަ ވަގުތު ތޮށިމަތީ ގިނަ ބަޔަކު އުޅެނީ ކެއުމަށް ބޭނުންވާ މޫދުގެ އެކި ބާވަތްތައް ހޯދުމަށެވެ. އެ ބާވަތްތަކަށް އެކި ރަށްރަށުގައި މީހުން ކިޔާ ނަންތައް ތަފާތެވެ. ބައެއް މީހުން ކިޔަނީ ސަނދަރަ އެވެ. އަނެއް ބަޔަކު ހަންދަ ވެސް ކިޔަ އެވެ. ބައެއް ހިސާބުތަކުގައި ހަންދަބުރި އޭވެސް ކިޔަ އެވެ. މީގެ އިތުރުން ކޯނާއި ތުންއެނބުރި އާއި ރާކަނިވެސް ފަރުމަތީން ފެނެ އެވެ. މިއީ ބައެއް މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އޭގައިވާ މަސްކޮޅަކީ ފިހެންނާއި އެނޫން ގޮތްގޮތަށް ތައްޔާރުކޮށްގެން ކައިލާން ވަރަށް މީރު އެއްޗެކެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ފަރުހިކިފައި އޮންނަ އިރު ބައެއް ފަހަރު ވަރަށް ފަސޭހައިން ބޯވަ ވެސް ހިފެހެ އެވެ. ތޮށިމައްޗަށް ގޮސް އުޅޭ ބައެއް މީހުން ދަނީ ބޯވައެއް ފެނޭތޯ އެވެ. އެ މީހުން ފަރުމައްޗަށް ދަނީ ބޯވަ ނެގުމަށް ބޭނުންވާ ދަނގަޑުފަދަ ތަކެތި ހިފައިގެންނެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

މިއީ މާލެ ސަރަހައްދުން އާންމުކޮށް ނުފެންނަ ކަމެއް ނަމަވެސް އަތޮޅުތެރޭގައި ވަރަށް ފޯރީގައި މީހުން ކުރާ ކަމެކެވެ. ފަރު ހިކުމުން ރަށުގެ ވަރަށް ގިނަ ބަަޔަކު ފަރުމައްޗަށްމ ގޮސް އުޅެ އެވެ. ބައެއް މީހުން ދަނީ ބޮލި ހޮވާށެވެ. އަނެއް ބަޔަކު ދަނީ ކުރީން ދެންނެވި ފަދަ މޫދު ކާނާގެ ބާވަތްތައް ނަގާށެވެ. އަނެއް ބަޔަކު ދަނީ ހިތްގައިމު އެ މަންޒަރު ބަލައިލާށެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

ހަގީގަތުގައިވެސް އެގޮތަށް ފަރު ހިކިފައި އޮންނައިރު ހިތްގައިމު މަންޒަރެއް ފެނެ އެވެ. ރީތި ރީތި ކުދިކުދި މަސްތައް ފެންކޮޅުކޮޅުގައި ދުވެލާފައި އުޅޭ މަންޒަރު އެއީ ބަލާ ފޫހި ނުވާ މަންޒަރެކެވެ. ކުޑަކުދީން އެ މަންޒަރަށް ވަރަށް ޝައުގުވެރިވެ އެވެ. ބައެއް ކުދީން މަސް ހިފާން ވެސް އުޅެ އެވެ.

ހުޅުމާލެ ފަރުމަތީ ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް

އަނެއްކޮޅުން ފަރުމަތީ ހިނގާލާ އުޅުމަކީ ހިތަށް ހަމަޖެހުން ގެނެސްދީ މުނިފޫހިވެސް ފިލާނެ ކަމަކަށް ވެ އެވެ. ރޭވިޔަސް ހުޅުމާލެ ފަަރުމަތީން ގިނަ ބަޔަކު ފެންނަނީ އެހެން ވެގެނެވެ. ފަރު ހިކިފައި އޮންނައިރު ފަރަށް ގޮސް ތަޖުރިބާކޮށްލުމަކީ ވަރަށް ސަޅި ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
08 Oct 2026 ހަބަރު

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ

އީފާހުގެ ހިދުމަތްތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޮބައިލް ހެލްޕް ޑެސްކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށް ހިދުމަތް ދިނުމަށް ނިންމައިފިއެވެ. މި ހެލްޕް ޑެސްކު ކުރި...

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
08 Oct 2026 ހަބަރު

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނި ގެންގުޅޭ ފަރާތްތަކަށް ހާއްސަ ހަރަކާތެއް މި ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ހަރަކާތް ކުރިއަށް ގެނ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ
07 Oct 2026 ހަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގ...