ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އީފާހުގެ ހިދުމަތްތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޮބައިލް ހެލްޕް ޑެސްކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށް ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ދުވަހު، އޮކްޓޫބަރު 9 އެއް ވާ ހުކުރު ދުވަހު، ހެލްޕް ޑެސްކު ހިންގާނީ ހިޔާ ޕާކުގައެވެ.
އީފާސް އިން އެކްސްގައި ކުރި ޕޯސްޓް
ހޮނިހިރުދުވަހު އީފާހުގެ ހެލްޕްޑެސްކް ހުންނާނީ ސެންޓްރަލް ޕާކް ކައިރީ އުރީދޫ ބިލްޑިން ކުރިމަތީގައެވެ. ގައެވެ.
އީފާހުން ބުނީ މި ދެ ދުވަހު ވެސް ހެލްޕް ޑެސްކު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށެވެ. ހެލްޕް ޑެސްކުގެ ބޭނުމަކީ އީފާސް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އީފާސްގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް