ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނި ގެންގުޅޭ ފަރާތްތަކަށް ހާއްސަ ހަރަކާތެއް މި ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
މި ހަރަކާތުގައި ދޫނި ގެންގުޅޭ ފަރާތްތަކަށް އެއް ތަނަކުން ބައްދަލުވެ، އެ ފަރާތްތަކުގެ ދޫނިތައް އެކަކު އަނެކެއްގެ ދޫނިތަކާ ތައާރަފުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ދޫނި ގެންގުޅުމާ ގުޅޭ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން ދަސްކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނޭކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
ހަރަކާތުގެ ބައިވެރީންނަށް އެ ތަނުގައި އޮންނަ ދޫނިތައް ކައިރިއަށްގޮސް، ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް