ކްރިމިނަލް ކޯޓް-
ކްރިމިނަލް ކޯޓް-
ހަބަރު 02 Nov 2026 | 06:09

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝިވާން އިބްރާހީމް، 45 އަހަރު އަދި އާމިނަތު ނިސާ 41 އަހަރު އެވެ. މި ދެ މީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ 1 ނޮވެންބަރު 2026 އިން ފެށިގެން 6 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ ނެރުއްވި ބަންދު އަމުރުގައި ވާގޮތުން، މި މީހުން ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށެވެ. އަދި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުންގެ ހާދިސާ ރިޕޯޓުން ހާމަވާން އޮތުމާއެކު، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވީ، ޝިވާންއާއި އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތް ދިރިއުޅޭ ގޭގެ ސިޑިކައިރީގައި ހުރި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަނުން ދެވެނީ ހަމައެކަނި ޝިވާންގެ ކޮޓަރިއަށް ކަމަށާއި، އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތިން އެތަނުގެ ތަޅުތައް ހުޅުވިފައިވާ ކަމަށްވެސް އައިއޯ ފާހަގަކުރެއްވިއެވެ. ނަމަވެސް ދިފާއުގައި ޝިވާން ބުނެފައިވަނީ، އެ ގޭގެ ގްރައުންޑް ފްލޯގައި ކެފޭއަކާއި ގުދަނެއް ހުންނާތީ، އެތަނުގެ މީހުންނަށް ވެސް އެ ސިޑި ސަރަހައްދަށް ވަދެވޭނެ ކަމަށެވެ.

މީގެއިތުރުން، ޝިވާންއާ ގުޅުންހުރި ގެއެއްގެ ފަސްޓް ފްލޯ އެޕާޓްމަންޓުން ހާމައަށް ހުރި މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތި ބަންދުކުރާ އާލާތްތަކާއި، ވިއްކި ހިސާބުތައް ލިޔެފައިވާ ފޮތެއް ވެސް އެތަނުން ފެނިފައިވާ ކަމަށް އައިއޯ ކޯޓުގައި ބަޔާންކުރިއެވެ.

މިކަމާ ގުޅިގެން ދިފާއުގައި ޝިވާން ބުނެފައިވަނީ، އެއީ އޭނާގެ ގެ ނަމަވެސް، އެގެއިން ނުކުމެގެން އެހެން ތަނެއްގައި ކުއްޔަށް އުޅޭތާ 5 އަހަރު ވެއްޖެ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ތަނަކީ ދޮރެއް ނެތި، ކޮންމެ މީހަކަށްވެސް ވަދެނިކުމެވޭ ގޮތަށް ހުންނަ ތަނެއް ކަމަށާއި، އެތަނުން އޭނާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާނެ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ، ޝަރީއަތުން ވަނީ ވަކީލަކު ހަމަޖެއްސުމަށް ކުރު މުއްދަތެއް ދީ، ވަކީލާ ގުޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަންގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާ ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ. 

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ