ލަންކާާގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާާވެސް އިތުރުކޮށްފި
މިދިޔަ އެޕްރީލްމަހުގެ 21ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އިއުލާންކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއިކުރައްވާ ނެރުނު ޚާއްސަ ގެޒެޓްގައިވާ ގޮތުގައި އެގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފައިވަނީ އެއްމަސްދުވަހުގެ މުއްދަތަކަށެވެ. އެއީ އަންނަ އޮގަސްޓް މަހުގެ 22ވަނަ ދުވަހާއި ޖެހެންދެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އެކަން ނުކުރައްވާނެކަމަށް މީގެ ކުރިން ރައީސް ސިރިސޭނާ ވިދާޅުވެފައި ވަނިކޮށެވެ.
ކުއްލި ނުރައްކަލުގެ ހާލަތާާއި ގުޅިގެން ލަންކާގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް