ުއުއްތަމަ ފަނޑިޔާރަށް މުއުތަސިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސުއޫދު އައްޔަންކޮށްފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް އަލްެއުސްތާޛު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްެއުސްތާޛު ހުސްނުއްސުއޫދު އައްޔަންކުރުމަށް ނިންމައިފިއެވެ.
އެ މަގާމަށް މުއުތަސިމް އަދި ހުސްނުއްސުއޫދު އައްޔަންކޮށްފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަންކޮށްފައިވަނީ 68މެންބަރުންނެވެ. އަދި ސުއޫދު އެމަގާމަށް އައްޔަންކުރުމަށް ނިންމީ 64 މެންބަރުންގެ ވޯޓުންނެވެ.
ސުއޫދުއާއި ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
މި ވޯޓު ނެގިވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި، ރިޔާސަތުގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ.
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް