N/A
N/A
ހަބަރު 28 Mar 2019 | 10:50

މިނިސްޓަރ ޝިދާތާ އީޔޫގެ ވަފްދަކާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އެކްސްޕަރޓް މިޝަން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝިދާތާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް އެ ބޭފުޅުންނާ ޙިއްޞާކުރައްވައިފައެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ފާއިތުވެ ދިޔަ ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ ނިސްބަތް އިތުރުނުވާ ކަން ފާހަގަކުރައްވައި، ކުރިމަތިލައިފައިވާ އަންހެން ކެނޑިޑޭޓުންގެ ނިސްބަތަށް ބަލައިލާ އިރު، ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތަށް މާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި މި ފަރަގު ނައްތައިލައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިދާތާ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރާއި ބައިވެރިވުން އިތުރުކުރުމަށް، ޤާނޫނު ހަދާ މަޖިލީހުގައި ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުމުގެ (އެފަރމޭޓިވް އެކްޝަން) މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވައިފައެވެ. އަދި މިހާރު އޮތް ނިޒާމުގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރުވުމަށް ޤަބޫލުކުރުމަކީ، ފާއިތުވެ ދިޔަ 10 އަހަރުގެ ތަޖުރިބާ އަލުން ތަކުރާރުކުރުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ރަނގަޅު ނިޒާމުތަކާއި، ފުރުޞަތުތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކަންކަން ތަންފީޛުކުރުމުގައްޔާއި ޤާނޫނަށް މީހުން އަހުލުވެރިކުރުވުމުގައި ގޮންޖެހުންތަކެއް ހުރި ކަން ބަޔާންކުރެއްވިއެވެ. އަދި އެ ކަންކަން ތަރުތީބުކުރުމަށް މިނިސްޓްރީން ކުރަމުން ދާ މަސައްކަތްތަކާއި، ސިޔާސީ އަދި އިޤުތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި ހުރި ކަންބޮޑުވުންތައް އެ ކަމަނާ ޙިއްޞާކުރެއްވިއެވެ. އެ ގޮތުން މުދާ މިލްކުކުރުމުގައި އަންހެނުންގެ ނިސްބަތް ކުޑަވުމާއި، ވަކިން ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޔަތުގައި މި ފަރަގު ބޮޑުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...