ފިނޭންސް މިނިސްޓަރ ޑރ ޝަފީގު އަދި އުރީދޫގެ ސިއީއޯ
ފިނޭންސް މިނިސްޓަރ ޑރ ޝަފީގު އަދި އުރީދޫގެ ސިއީއޯ
ވިޔަފާރި 11 Jul 2024 | 05:38

ބަނޑޭރި ޕޭއިން އެމް-ފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.

މިއީ ފައިސާގެ މުޢާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އުރީދޫއިން ބުނީ، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ޚިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

އަދި ލައިސަންސަށް ފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށް ވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޚިދުމަތެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭއަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މި އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުން މިގެންދަނީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.

މިގޮތުން އެމް-ފައިސާ މެދުވެރިކޮށް:

• އަވަސް އަދި ފަސޭހަ ޕޭމަންޓް: ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުން.

• ސެކިއުރިޓީ އިތުރުކުރުން: ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުން.

• ޔޫޒަރ ފްރެންޑްލީ އިންޓަރފޭސް: ފަސޭހަކަމާއެކު މުއާމަލާތްތައް ނެވިގޭޓްކޮށް ފުރިހަމަކޮށް، ޑިޖިޓަލް ޕޭމަންޓްތައް ކޮންމެ މީހަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

• 24/7 މެދުނުކެނޑޭ ޚިދުމަތް: އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން

އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރަމުންނެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ. ބަނޑޭރި ޕޭގައި އެމް-ފައިސާ ބޭނުންކުރެވެން ފެށުމުން، ޑިގިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުން މިދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...