ކެރެޓް ޕިރިނީ
ކެރެޓް ޕިރިނީ
ލައިފްސްޓައިލް 26 Mar 2024 | 04:03

ރޯދަ ވީއްލާ ގަޑިއަށް ފިރިސޮރު ލައްވާ މިގޮތަށް ކެރެޓް ޕިރިނީ ތައްޔާރުކޮށްލަން ކިހިނެއްވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޕިރިނީ އަކީ ވަރަށް ގިނަ ބާވަތް ތަކުން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ފޮނި އެއްކެވެ. ބަރަބޮލުންނާއި، ރަވައިންނާއި ފާރޮށިންވެސް ޕިރިނީ ތައްޔާރުކޮށްލެވިދާނެ އެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ކެރެޓުން ޕިރިނީ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

3 ބޮޑު ކެރެޓް (ހިމުންކޮށް ގާނާފައި)

1 ދަޅު ގެރިކިރު

2 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ

1/2 ސައި ސަމުސާ ވެނީލާ އެސެންސް

1/3 ޖޯޑު ކަނަމަދު (ކުދި ކޮށް ކޮށާފައި/ ބޮޑެތިކޮށް މުގުރާފައި)

1/2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

1) ތެއްޔަކަށް ގާނާފައި ހުރި ކެރެޓް އެޅުމަށްފަހު، މަތި ޖަހައިގެން މަޑު ގިނީގައި ކައްކައި ކެރެޓް މަޑު ކޮށްލާށެވެ. ދޭތެރެ ދޭތެރެއިން ކެރެޓް ކޮޅު ހަލުވާލަން ވާނެއެވެ. ކެރެޓް މަޑުވުމުން ކެރެޓްގެ ކުލަ ތަންކޮޅެއް ގަދަ ކުލައަކަށް ބަދަލުވާނެ އެވެ. ކެރެޓް މަޑު ކުރާނީ ފެން ނާޅައެވެ.

2) ކެރެޓް މަޑު ވުމުން ގެރިކިރު ދަޅު އެއްކޮށް އަޅާލުމަށްފަހު ރަނގަޅަށް ހަލުވާލާށެވެ.

3) ދެން ގެރިކިރު ހުސްކުރި ދަޅަށް 1/2 ޖޯޑު ފެން އެޅުމަށްފަހު، އޭގެ ތެރެއަށް ކަސްޓަޑް ޕައުޑަރ އަޅައި ގިރާލާފައި ކަސްޓަރޑްވެސް ޕިރިނީގެ ތެރެއަށް އަޅާލާށެވެ. ހުރިހާ ތަކެތި ރަނގަޅަށް ހަލުވަމުންދާށެވެ.

4) ޕިރިނީ ކޮޅު އޮލަ ވުމުން ވެނީލާ އެސެންސް އަދި ކަނަމަދު އަޅައި އެކުލަވާލުމަށް އުނދުން ނިއްވާލާށެވެ.

5) ދެން ޓްރޭ އަކަށް ޕިރިނީ އަޅާފައި އޭގެ މައްޗަށް ގާނިޝް ކޮށްލަން ކަނަމަދު ކޮޅެއް އަޅާލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...