ހޮޅުދޫ އަބްދުﷲގެ އަނބިކަނބަލުން އާއިޝަތުދީދީ ނިޔާވެެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަންގެ އަނބިކަނބަލުން އާއިޝަތު އަނީސް (އާއިޝަތުދީދީ) ނިޔާވެެއްޖެ އެވެ.
އާއިޝަތުދީދީ ނިޔާވީ އުމުރުން 91 އަހަރުގަ މިއަދު އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެކަމަނާ އަކީ ވަރަށް ކުޅަދާނަ ޅެންވެރިއެއް ވެސް މެ އެވެ. އަބްދުﷲގެ އަޑުން އިވިގެންދިޔަ އަދި ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ބައެއް ލަވަތަކުގެ ޅެންތައް ހައްދަވާފައިވަނީ އެކަމަނާ އެވެ.
އޭގެ ތެރޭގައި "އިސްލާހުވާން އެދޭނަމަ" އަދި "ގަސްރުކުން މަލަފެވޭ" ފަދަ ޅެންތައް ހިމެނެ އެވެ.
އާއިޝަތުދީދީ އަކީ ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ހަމަޖައްސަަން ނިންމުމާއެކު ރައީސް އޮފީހުގެ ވަޒީފާއަށް ފުރަތަމަ ނެގި ދެ އަންހެނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އާއިޝަތު ދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް