ކޯލިޝަން ސަރުކާރު ގެނައުމުގައި ޑރ.ޖަމީލް ބުރަ މަސައްކަތްތަކެއް ކުރެއްވި: ނަހުލާ
ކޯލިޝަން ސަރުކާރެއް ވެރިކަމަށް ގެނައުމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ޖޭޕީގެ ޓިކެޓްގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ޑރ.ޖަމީލްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މިދިޔަ ސަރުކާރު ބަދަލުކޮށް ކޯލިޝަން ސަރުކާރު ގެނައުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ބައިނަލްއަގްވާމީ މުޖުތަމައުގައި އެންމެ މުހިއްމު މަސައްކަތްތައް ކުރެއްވި އެއް ބޭފުޅަކީ ޑރ. ޖަމީލުކަމަށެެވެ. އެހެންކަމުން ވިލިމާލޭ ދާއިރާއަށް އިންތިޚާބުކުރަން އެންމެ ގާބިލް ކެނޑިޑޭޓަކީ ޑރ.ޖަމީލުކަމަށް ނަހުލާ ވިދާޅުވިއެވެ.
މިނިސްްޓަރ ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މި މަޖިލިސްގެ ގިނަ ގޮނޑިތަކެއް ނަގަން މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އަދި އެތައް ވައުދުތަކެއްވެ މި ކޯލިޝަން ސަރުކާރު ގެނައީ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމާއި އުފާވެރިކަން ދޭން ނިންމައިގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އެހެންކަމަށްވާނަމަ މަޖިލީހުގައި ބަސް ބުނެވޭ ހައިސިއްޔަތު ލިބިގެންނޫނިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކުރަން ޖާގައެއް ނުލިބޭނެ،" ނަހުލާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް