ތިން މިލިޔަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން ތިން މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އިއްޔެ މެންދުރު ފުލުހުންގެ ލޯ އެންފޯންމެންޓް ޓީމާއި، ކަސްޓަމްސް ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި ރާއްޖެ އައި ބިދޭސީއެއްގެ އަތުން ވަނީ 1.144 ކިލޯގެ ކޮކެއިން އަތުލައިގެންފައެވެ.
އެ މީހާ އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ފުލުހުން ބުނީ އެ މަސްތުވާތަކެތީގެ އަގު ތިން މިލިޔަަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކޮން ގައުމެއްގެ މީހެއްކަމެއް އަދި ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް