ޓްރެވަލޫޝަން މެގަޒިމްގެ ހަތަެު ވަނަ އަދަދު.. ފޮޓޯ: ޓްރެވަލް ގާއިޒް
ޓްރެވަލޫޝަން މެގަޒިމްގެ ހަތަެު ވަނަ އަދަދު.. ފޮޓޯ: ޓްރެވަލް ގާއިޒް
ވިޔަފާރި 29 Apr 2025 | 16:28

ޓްރެވަލޫޝަން މެގަޒިންގެ ހަތަރު ވަނަ އަދަދު ނެރެފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

އަރަބިއަން ޓްރެވެލް މާކެޓް 2025 ގައި ދަ ޓްރެވެލް ގާއިޒް އިން އެމީހުންގެ މެގަޒިންއެއް ކަމަށްވާ ޓްރެވަލޫޝަން މެގަޒިންގެ ހަތަރު ވަނަ އަދަދު ނެރެފިއެވެ.

މި އައު އަދަދުގައި ޓްރެވަލް ފީޗާސްގެ އިތުރުން ރާއްޖެއާ ގުޅޭގޮތުން ޝައުގުވެރި ވާހަކަތައް ހިމެނެއެވެ.

މި އަދަދުގައި ރާއްޖޭގެ ލަގްޒަރީގެ ވާހަކަ ހިމަނާފައިވާއިރު، އޭގެ ތެރޭގައި ފަޚުރުވެރި ރިޓްރީޓްތަކާއި ޑިޒައިނަރ ރިސޯޓްތައް ހިމެނެއެވެ.

އޮގާ އާޓް ރިސޯޓުން ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ، އެ ރިސޯޓުގެ ކްރިއޭޓިވް، ޓްރެވަލޫޝަންގެ މިޝަންއާ ގުޅުވައިގެންނެވެ. ގޯލްޑް ޕާޓްނަރުންގެ ތެރޭގައި ދަ ސްޓޭންޑަޑް، ހުރަވަޅި މޯލްޑިވްސް އަދި ސަމަރ އައިލެންޑް މޯލްޑިވްސް ހިމެނެއެވެ.

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ގެންދާ ފެއާރގައި ރާއްޖޭގެ 110 ކުންފުންޏަކުން 235 މަންދޫބުން ބައިވެރިވެއެވެ. ފެއާރގައި ބައިވެރިވި ގިނަ ކުންފުނިތަކުން، ވަނީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސްޓޯލްތައް ވެސް ހަދައިފައެވެ.

މިފަހަރުގެ ފެއަރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް