ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އަންނަ ސެޕްޓެމްބަރު މަހާއި ނިޔަލަށް، އާދަޔާއި ހިލާފަށް ވާރެވެހޭނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.
މެޓު އޮފީހުން މިހެން ލަފާކޮށްފައިވަނީ މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މިއަހަރުގެ ހުޅަނގު މޫސުމާއި ބެހޭގޮތުން މެޓު އޮފީހުން ހިއްސާ ކުރި ޗާޓުތަކުން، އަންނަ މަހުން ފެށިގެން ސެޕްޓަމްބަރު މަހާއި ހަމައަށް ރާއްޖެއަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން އެކްސްގައި ކުރި ޕޯސްޓް
މީގެ އިތުރުން މެޓު އޮފީހުން ހާމަކުރި ގޮތުގައި، ފިނިހޫނުމިން ވެސް ރާއްޖެއަށް އާދަޔާ ހިލާފަށް މަތިވެގެން ގޮސްފާނެއެވެ.
މިއީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރު ކަމުގައި ވިޔަސް، އެހެން އަހަރު ތަކާއި ހިލާފަށް މި އަހަރު މި ދުވަސްވަރު އެހެން އަހަރުތަކާއި ހިލާފަށް އާދަޔާ ހިލާފަށް ވާރޭވެހި، ފިނިހޫނުމިން މައްޗައް ދާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށް ބުނެފައެވެ.
މީގެ އިތުރުން، ފިނިހޫނުމިން އެންމެ ދަށް މިންވަރު ވެސް އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ތަފާތު ވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް