މައްޗަންގޯޅީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ، މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ރޯވެފައިވަނީ، ”ފުރުޓް އެންޑް ޓްރީ އެޕަލް“ ކިޔާ ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއްގައެވެ.
އެތަނުގައި އަލިފާންގަނޑު ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އެމްއެންޑީއެފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި މިއަދު ހެނދުނު ގާތްގަނޑަކަށް 6:00 ގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް