އެކްސިޑެންޓްވި ބަހުގެ ޑްރައިވަރު ދޫކޮށްލައިފި
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަަމަ ދުވަހު ހުުޅުމާލޭގައި ހިނގި އެކްސިޑެންޓްވި ބަސް ދުއްވަން އިން ޑްރައިވަރު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
އެމްޓީސީސީގެ މި ބަސް ޑްރައިވަރު ކޯޓުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތު ތަކަކާއި އެކުގައެވެ.
މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ އުޅުނީ މަގުމަތީގައި ހިނގާލަން ނުކުމެއެވެ.
އެވަގުތު ދުއްވާފައި އައި އެމްޓީީސީސީގެ ބަސް ކޮންޓްރޯލް ނުވެ، އެ ދެ މީހުންނާ ދިމާއަށް ދާން ފެށުމުން ދުއްވައިގަތް ވަގުތު މަގުގެ އެއް ފަޅީގައި ހަދާފައިވާ ހުރި ގާފޮޅެއްގައި ޔޫކްރެއިން މީހާގެ ފައި ތާށިވެ، އޭނާ ބަހުގެ ދަށުވީ ކަމަށް އޮންލައިން ނޫސް މިހާރުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ މަގުގެ އެއް ފަޅީގައި އޮތް ވަލަށް ބަސް ވަދެގެން ދިޔައީ އެ މީހާގެ ގައިގެ މަތިން ދުއްވާފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް