އުރީދޫ އިމާރާތް-- ފޮޓޯ/ ވޮއިސް
އުރީދޫ އިމާރާތް-- ފޮޓޯ/ ވޮއިސް
ވިޔަފާރި 19 Jan 2026 | 10:40

އުރީދޫއިން ކޮންމެ ދެމަހަކުން އޭޓީވީއެއް ލިބޭ ޕްރޮމޯޝަނުގެ ފުރަތަމަ ގުރުވަތު ފެބުރުވަރީގައި

މިހާރު ކުރިއަށްދަމުންދާ އުރީދޫ މޯލްޑިވްސްގެ 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ކެމްޕެރިންގެ ތެރެއިން، ފުރަތަމަ އޭޓީވީ ލިބޭ ލަކީޑްރޯގެ ގުރުއަތުލުން ފެބުރުވަރީ މަހު އޮންނާނެކަމަށް އުރީދޫއިން ބުނެފިއެވެ.

20 ޑިސެމްބަރު 2025 އިން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، 6 ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ. މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މި ލަކީ ޑްރޯއަށް ކޮލިފައިވެވޭނީ އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަރނެޓް، ފަސޭހާ ނުވަތަ 5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކޮށްގެންކަމަށާއި، ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރަކީ ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވެސް ވާންޖެހޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

މި ޕްރޮމޯޝަން އުރީދޫއިން ފަރުމާކޮށްފައި ވަނީ އައު ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...