މަޖިލީހުގައި ތިބެންވާނީ ވައުދުތަކަށް ތާއިދުކުރާ މީހުން: ރައީސް
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަންވާނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ގަބޫލުކުރައްވާ އަދި އެވައުދުތަކަށް ތާއިދުކުރައްވާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދެއްވުމަށް އެދިވަޑައިގަންނަވާ ސަބަބު ހާމަކުރައްވާފައެވެ.
އެގޮތުން ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ނުފުއްދޭނެ ވަރަށް ގިނަ ވައުދުތައް އެބަހުރި ކަމަށެވެ. މިހާރު ވެސް ސަރުކާރަށް ތާއީދު ކުރާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ މަޖިލިސް ތެރެއިން ކުރަން ޖެހޭ ގިނަ ކަންތައްތައް ނުކުރެވި ހުރިކަން ފާހަގަކުރައްވާފައެވެ.
"އެސަބަބަށްޓަކައި މަޖިލީހުގެ މެންބަރުންނަކީ އެމަނިކުފާނުގެ ވައުދުތައް ޤަބޫލުކުރައްވާ އަދި އެ ކަންތައްތަކަށް ތާއިދުކުރައްވާ އެއްބާރުލުން ދެއްވާނެ ބޭފުޅުންކަން ޔަޤީންކުރައްވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނުކުމެ ވަޑައިގެން މި ތިއްބެވީ އެމަނިކުފާނުގެ ވައުދުތައް ފުރިހަމައަށް ގަބޫލުކުރައްވާ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވަނީ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް