އިސްރަށްވެހިންގެ ހަވީރެއް މިއަދު ސަލްޓަން ޕާކްގައި
މާލޭގައި ދިރިއުޅުއްވާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްރަށްވެހިންގެ ހަވީރެއް މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބާއްވާ މި ހަވީރު އޮންނާނީ މިއަދު ހަވީރު ހަތަރަކުން ފެށިގެން ހައެއް ޖަހަންދެންނެވެ.
މި ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ ސަލްޓަން ޕާކްގެ ސްޓޭޖްގެ ސަރަހައްދުގައެވެ.
މި ހަވީރުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. އެގޮތުން ބައްދަލުވުމާއި، ލުއި ކަސްރަތާއި، ދީނީ ނަސޭހަތާއި، ދުޅަހެޔޮ ކާާނާތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ދެވިގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި ހަވީރުގައި ވީހާވެސް ގިނަ އިސްރަށްވެހިންނާއި އެފަރާތްތަކުގެ އާއިލާތަކުން ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް