ކުޑަކުއްޖެއްގެ ގައިގައި އަލިފާން ރޯވެ ފިހުމާއި ގުޅިގެން ފަރުވާ ދެނީ
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި އަލިފާންރޯވެ، ވަރަށް ބޮޑަށް ފިހުމާއި ގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެކަމުގެ މައުލޫމާތު ހޯދައި، މިމަހުގެ 23 ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
އެކުއްޖާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، މިހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް