ލިޓަސްގެ ފަރާތުން އެކަނިވެރި މަޔަކަށް ޚާއްސަ ހަދިޔާއެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖެއަށް ސައިކަލު އެތެރެ ކުރާ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން، ރާއްޖޭގައި ދިރިއުޅޭ ބޭރުގެ އެކަނިވެރި މަޔަކަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ޓްވިޓަރގައި އާންމުވި، ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތެއް ކަމުގައިވާ ޒާރާގެ ވާހަކަައިގައި ވާގޮތުގައި އޭނާގެ ކުރީގެ ފިރިމިީހާ، އޭނާ ވަރިކުރުމަށްފަހު ދިރިއުޅުނު ރަށުން މާލެ ފޮނުވާލުމުން އޭނާ އުޅެމުން ގެންދިޔައީ ވަރަށް ދަތި ހާލުގައެވެ. އެގޮތުން ގާނޫނީ ގިނަ މަރުހަލާތަކަކަށްފަހު 2015ވަނަ އަހަރު ޒާރާގެ ދަރިފުޅު، މުސްކާންގެ ބަލަދުވެރިކަން ހޯދައި، އާމްދަނީ ހޯދުމަށް މަސައްކަތެއް ފެށިއެވެ.
ޒާރާގެ އާމްދަނީގެ ބޮޑުބައި ދަރިފުޅު މުސްކާންގެ ހަރަދުތައް ބެލެހެއްޓުމަށް ކަމަށް އިއްޔެ އާންމުވެގެންދިޔަ ޓްވިޓަރ ޓްރެޑްގަައި ވެއެވެ. މުސްކާން ބޮޑުވެ، ސްކޫލްއަށްދާ އުމުރުފުރާއާއި ޖެހުމުން އޭނާ ސްކޫލާއި އިތުރު ހަރަކާތްތަކަށް ގެންދިއުމަށް ޒާރާ ބައިސްކަލެއް ގަތެވެ. ނަމަވެސް ވަކި ހިސާބަކުން މި ބައިސްކަލުގައި މުސްކާން ސްކޫލަށް ނުގެންދެވޭ ވަރަށް މުސްކާން ބޮޑުވުމުން، ދިވެހިންގެ ބަޔަކު ވަނީ ޒާރާއަށް ސައިކަލެއް ގަނެދިނުމަށް ފައިސާއެއްކުރުމަށް ކެމްޕޭނެއް ފަށައިފައެވެ.
މި ކެމްޕެއިނަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިފައިވާއިރު، މަޝްހޫރު ވިޔަފާރިކުންފުނި ލޮަޓަސްގެ ފަރާތުން، އެކުންފުނީގެ އެމްޑީ ޒައިނަލް އާރިފް ވަނީ ޒާރާގެ ދެމައިންނަށް ފަންސާސް ޕަސެންޓް ޑިސްކައުންޓްއެއްގެ އަގުގައި ޚާއްސަ ސައިކަލެއް ދިނުމަށް ނިންމާފައިވާކަމަށްވެސް، ޓްވިޓާގައި ބުނެފައެވެ.

މި ކެމްޕެއިން ބާރު ސްޕީޑެއްގައި ކުރިއަށް ދަނިކޮށް މިއަދުގެ ވަގުތެއްގައި ލިޓަސް އޮޓޯމޮބައިލްގެ ފޭސްބުކް ޕޭޖުން ވަނީ ޒާރާގެ ދެމައިން ހޯދަން އިއުލާންކޮށްފައެވެ. މި އިއުލާން ކުރިތާ މާ ގިނަ އިރެއްނުވެ، ޒާރާއާއި ބައްދަލުވުމުގެ ފުރުސަތު ލިބިފައިވާކަމަށް އެޕޭޖުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް