މެންބަރުން ހަމަނުވެގެން އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން ނިންމައިފި އެވެ.
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީ އުވާލަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން، މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅުއްވައި ނިންމުމަށެވެ.
އެ ޕާޓީ އުވާލަނީ ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ އެންމެ މަދު އަދަދަށް މެންބަރުން ހަމަނުވާތީ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން ޕާޓީއެއްގައި މަދުވެގެން 3,000 މެންބަރުން ހިމެނެން ޖެހެ އެވެ. އެ ޕާޓީގައި މިހާރު ހިމެނެނީ 2272 މެންބަރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް