ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.
ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ "ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލު" ގައި ކޮންމެ އަހަރެއްގެ ފިތުރު ޒަކާތާއި މުދަލު ޒަކާތްބެހުމަށް ދަފްތަރު ފައިނަލް ކުރުމުގައި ބަލާނެކަންކަން ވެސް ހިމަނާފައިވާނެކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ޒަކާތު ހައުސްއިން އިތުރަށް ބުނީ، ފިތުރު ޒަކާތުގެ ފައިސާ ބަހާނީ، އެ އަހަރެއްގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މެދުގައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް