މިނިސްޓަރ ޝާހިދު ގިނަ ބައްދަލުވުންތަކެއް ބާއްވަވައިފި
އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބޭރުގެ ގިނަ ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތައް އޮތީ ނިއުޔޯކުގައެވެ.
މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ، ނިއުޔޯކްގައި ތިއްބަވާ ބައެއް ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، ޚާރިޖީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ކުވައިތުގެ ފޮރިން މިނިސްޓަރު ޝެއިޚް ސޮބާދު އަލް ޚާލިދާއި ބެލްޖިއަމްގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ޑިޑިއޭ ރޭންޑާޒް ހިމެނެއެވެ.
މިނިސްޓަރ ޝާހިދު ނިއުޔޯކްއަށް ވަޑައިގެން ހުންނެވީ، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރެއްވުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް