ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ވަޅުލައިފި
ބަނޑޭރިކޮށީގައި ހުރި އެޕާޓްމެންޓެއްގެ ތެރެއިން ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފިއެވެ.
މި މަހު 13 ވަނަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ގދ. ހޯޑެއްދޫ، ވިލިނގިލީގެ ހައްމާދު ސަޢީދުގެ ހަށިގަނޑު މިއަދު ވަޅުލައިފައިވަނީ އޭނާގެ ހަށިގަނޑު ފެނުނުތާ 12 ދުވަސްފަހުން، ހުޅުމާލެ ސަހަރާގައެވެ.
ބަނޑޭރިކޮށީގައި ހުރި ގެއެއްގެ ތެރެއިން، ހައްމާދު ސަޢީދު، މަރުވެފައި އޮއްވާ ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށީގައި ހުރި އެޕާޓްމަންޓެއް ހޯދުމުންނެވެ.
ފުލުހުން ހާމަ ކުރެއްވި ގޮތުގައި، އޭނާ ފެނުނު އެޕާޓްމަންޓަކީ މިވަގުތު ބޭނުން ކުރަމުންދާ ތަނެއް ނޫންކަން ފުލުހުންނަށް ވަނީ ޔަގީން ކުރެވިފައެވެ.
ހައްމާދު ނިޔާވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް، ހައްމާދުގެ ހަށިގަނޑު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިޔާއަށް ފޮނުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް