ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލައިފި
ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒްކުރުމަށް ނެރުނު ދެވަނަ އަމުރުވެސް ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލައިފިއެވެ.
ރައީސް ޔާމީންގެ 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާހުރި އެކައުންޓްތައް ފުރީޒްކޮށްފައިވަނީ ފުލުހުން ބަލަމުން
އަންނަ މައްސަލައަކާއި ގުޅިގެންނެވެ. ގިނަ ދުވަސްތަކަކަށް ފަހު އެ އެކައުންޓްތައް ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒްކުރުމަށް ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ މިމަހުގެ ބާރަ ވަނަ ދުވަހަށެވެ. އެއަމުރު ގެ މުއްދަތު ހަމަވާން ކައިރިވުމާއި ގުޅިގެން ފުލުހުން ވަނީ ދެވަނަ އަމުރެއްވެސް ހޯދާފައެވެ. ނަމަވެސް އެއަމުރުވެސް ބާތިލްކޮށް ޔާމީންގެ އެކައުންޓްތައް މިހާރު ދޫކޮށްލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ފުރަތަމަ އަމުރު ބާތިލްކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
އެކައުންޓްތައް ފުރީޒްކުރުމާއި ގުޅިގެން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކެމްޕެއިން ކުރުމަށް ދަތިވެފައިވާ ކަމަށް މީގެ ކުރިން އެފަރާތްތަކުން ބުނެފައިވެއެވެ. އަދި އެކައުންޓްތައް ދޫކޮށް އެފައިސާއި ކެމްޕެއިނަށް ބޭނުންކުރެވުނު ނަމަ އިތުރު ގޮނޑިތައް ހޯދަން ފަސޭހަވެގެން ދާނެ ކަމަށް ރައީސް ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް