ދުއްވާފައި ދިޔަ ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ލޮނުޒިޔާރައިމަގުން ދުއްވާފައި ދިޔަ ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައުވަނީ މިއަދު ހެނދުނު 8:38 ހާއިރުގައި ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އެކްސިޑެންޓް ވުމަށްފަހު ޑްރައިވަރު ވެހިކަލް ދޫކޮށް ފިލާފައެއް ނުވެއެވެ. އަދި، ކައިރީގައި ހުރި ސަރަހައްދެއްގައި ކާރު ޕާކުކުރުމަށްފަހު ޑްރައިވަރު ވަނީ އަނބުރާ ހާދިސާ ހިނގި ތަނަށް އައިސްފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް