މާލެއިން ކަރަންޓް ކެނޑުނު ހިސާބުތަކުގެ 60 އިންސައްތައަށް ކަރަންޓް ދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ 60 އިންސައްތައަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައިކަމަށެވެ. އަދި ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށްވެސް މިހާރު ވަނީ ކަރަންޓް ލިބިފައެވެ.
މުޅި މާލެ އަދި ހުޅުމާލެ ހިމެނޭހެން ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ މިއަދު 12:05 ހާއިރުއެވެ. ސްތެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ޓެކްނިކަލީ ދިމާވި މައްސަލައަކުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް