ކަޅުވަކަރު މިސްކިތާއި ގުޅިގެން އިލްމުވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަނީ
ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހައްދުގައި ބެހެއްޓުމާއި ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް މަޝްވަރާކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ބައެއް ދީނީ އިލްމުވެރިން ވަނީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ރާވާފައިވާ ސަރަހައްދަކީ އިސްލާމީ މަރުކަޒުގެ ދޮރުމަތިކަމުގައިވުމުން ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއްގެ ދޮރުމަތީގައި، އެހެން މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ޔުމްނާ ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ހިޔާލު ފާޅުކޮށް ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އުފާކުރައްވާކަމަށެވެ.
އަދި މައްސަލައަކީ 200 އަހަރުގެ ދިގު ތާރީހެއް އޮތް ކަޅުވަކަރު މިސްކިތް، ކުޅޭ ތަނެއް ހެދުމަށް ނެގުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް