ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެ ކަނބަލުން އެނބުރި މާލެ ވަޑައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނަބަލުން ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރާވަޑައިގަތީ 30 އޭޕްރީލް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ދާދިފަހުންވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.
އެގޮތުން އެމަނިކުފާނު ފުރާވަޑައިގެންނެވީ މާރިޗު 21 ވަނަ ދުވަހު ރޭގައެވެ. އަދި ރާއްޖެ ވަޑައިގެންނެވީ މާރިޗު 23 ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ކުރެއްވި ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް