ތައިލެންްޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކު އައިސީޔޫގައި
ތައިލެންޑްގައި ރޭގެ ވަގުތެއްގައި ހިިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަން ވަނީ ފޮރިން މިނިސްޓްރީއާއި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކަށަވަރުކޮށްދީފައެވެ.
ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ހޮޓަލުން ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓަށް ދަތުރުކުރަނިކޮށް މިއަދު މެންދަމު އެކްސިޑެންޓްވި ދިވެއްސެއްގެ އާއިލާއަށް އެމްބަސީގެ އޮފިޝަލުން އެހީތެރިވަމުން އަންނަ ކަމަށެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި މީހާއާއި އޭނާގެ ދިވެހި ރައްޓެހިންތަކެއް ދަތުރުކުރި ކާރު ވަނީ ފުރޮޅާލާފައެވެ. އެ ކާރުގައި ތިބި އެހެން ފަރާތްތަކުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓެއްގައި އަނިޔާވި އެއް ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. އައިސީޔޫގައި ފަރުވާ ދެމުންދަނީ އައްޑޫސިޓީގެ ހުޅުދޫ ސިޓީއަށް ނިސްބަތްވާ އަހުމަދު ސައީދު ކިޔާ ފަރާތެއްކަމަށް މައުލޫމާތުލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް