ދެކުނު ކޮރެއާގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ހަން ޑަކް ސ-- ފޮޓޯ: އޭއެފްޕީ
ދެކުނު ކޮރެއާގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ހަން ޑަކް ސ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 28 Dec 2024 | 05:12

ވަގުތީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ދެކުނު ކޮރެއާގައި މަހެއްގެ ތެރޭގައި 2 ރައީސުން ވަކިކޮށްފި

ދެކުނު ކޮރެއާގެ ވަގުތީ ރައީސް، ހަން ޑަކް ސޫ ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އެގައުމުގެ ނޭޝަނަލް އެސެމްބްލީން ނަގައި، އެބޭފުޅާ މަގާމުން ވަކިކޮށްފިއެވެ.

މިއީ ދެކުނު ކޮރެއާގައި އެއް މަސްދުވަހުގެ ތެރޭގައި ވަކިކުރި ދެވަނަ ރައީސެވެ. ޑަކްސޫ މަގާމުން ވަކިކުރުމަށް 151 ވޯޓް ބޭނުންވާއިރު، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 192 މެމްބަރުން ވަނީ އެބޭފުޅާ މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓް ދީފައެވެ.

ދެކުނު ކޮރެއާގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ހަން، އެގައުމުގެ ވަގުތީ ރައީސް ގެ މަގާމަށް އައްޔަނުކުރެވުނީ އެގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޮލް ގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެގައުމުގެ ގައުމީ މަޖިލީހުން މިމަހުގެ 3 ވަނަ ދުވަހު ނެގުމާއި ގުޅިގެންނެވެ.

ޔޫން ގެ އިތުރުން ހަން ވެސް އެގައުމުގެ ރައީސްގެ މަގާމުން ވަކިކޮށްފައިމިވަނީ، ޔޫން މަގާމުން ވަކިކުރުމުގެ މަރުހަލާތަކަށް ހަން ހުރަސްއަޅަމުން ގެންދާކަމުގެ ތުހުމަތުގައެވެ.

މިއީ ދެކުނު ކޮރެއާގައި ޑިމޮކްރެޓިކް ވެރިކަމެއް ފެށުނީއްސުރެ އެގައުމުގެ ވަގުތީ ރައީސެއް މަގާމުން ވަކިކުރި ފުރަތަމަ ފަހަރަށްވާއިރު، އެގައުމުގެ ހުސްވެފައިވާ ވަގުތީ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އެގައުމުގެ ފައިނޭންސް މިނިސްޓަރު ޗޮއި ސަންގް މޮކް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް