ޅ. އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ޅ. އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި، ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. އަދި ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓް
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރު އެވެ.
އަދި މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް