N/A
N/A
ހަބަރު 14 Mar 2019 | 10:28

މަދަނީ ޖަމްއިއްޔާާތަކުގެ ފެއަރއެއް އަންނަ ހޮނިިހިރު ދުވަހު ބާއްވަނީ

މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ " ހަވަލި " އަންނަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަަމަޖެހިއްޖެއެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެއަރ ހޮނިހިރު ދުވަހު ފަށާނީ 100 އަށްވުރެ ގިނަ ޖަމްއިއްޔާއާއެކުއެވެ.

އޭގެ ތެރޭގައި އަތޮޅުތަކުގެ ޖަމްއިއްޔާތައް ހިމެނެއެވެ. އަދި ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ހިމެނޭކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މާރޗް މަހުގެ 17،16 އަދި 18 ވަނަ ދުވަހު ކުރިއަށްގެންދާ މިފެއަރގައި ޖަމްއިއްޔާތަކުގެ މައުލޫމާތު ޢާއްމުންނާއި، ވިޔަފާރިތަކާއި، ދަރިވަރުންނަށް ފޯރުކޮށްދޭނެއެވެ. އެމައުލޫމާތުތައް ފޯރުކޮށްދޭނީ ޖަމްއިއްޔާތަކުން ދަރުބާރުގޭގައި ތައްޔާރުކޮށްފައިވާ ސްޓޯލްތަކުންނެވެ. މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަ "ކިޑްސް ކޯނަރ" އެއް ފެއަރގައި ހުންނާނެއެވެ. މިއީ ކުޑަކުދިން ގޮވައިގެން ފެއަރއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައްޔާރުކުރާ ކޯނަރއެކެވެ. ފެއަރ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް މެންދުރު 13:00 ން 18:00 އަށް އަދި 20:00 ން 22:30 އަށެވެ.

ފެއަރގެ ތެރޭގައި ޖަމްއިއްޔާތަކަށް ތަމްރީނު ދިނުމާއި، ނެޓްވޯކިންގ ސެޝަންތަކާއި، ތަފާތު ދާއިރާތަކުގެ ތަޖުރިބާހުރި ފަރާތްތަކުގެ މުޙިއްމު ކީނޯޓް ސެޝަންތައް ހިމެނޭނެއެވެ. ކީނޯޓް ސެޝަންތަކުގައި ޖާގަ އޮތް މިންވަރަކުން ޢާއްމުންނަށްވެސް ބައިވެރިވެވޭނެއެވެ. މިސެޝަންތައް ބައްޓަން ކުރާނީ ތަފާތު ދާއިރާތަކުގައި ޖަމްއިއްޔާތަކުގެ ދައުރަށްކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިފެއަރގެ ތެރެއިން ހާޞިލްކުރަން ބޭނުންވާ އެންމެ މުޙިއްމު އެއްކަމަކީ ޖަމްއިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ވިޔަފާރިތަކާއި، މަޞްލަހަތުވެރިންނާއި ޖަމްއިއްޔާތަކާ ގުޅުވައިދިނުމެވެ. މީގެއިތުރުން ޢާއްމުންނާއި ދަރިވަރުންނަށްވެސް ޖަމްއިއްޔާތަކުގައި ބައިވެރިވެ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...