ހެންސަން މޫނު ފޮތިކޮޅެއް އަޅައިގެން މަޖިލީހުގައި: ފޮޓޯ/ ރޮއިޓާސް
ހެންސަން މޫނު ފޮތިކޮޅެއް އަޅައިގެން މަޖިލީހުގައި: ފޮޓޯ/ ރޮއިޓާސް
ދުނިޔެ 25 Nov 2025 | 09:04

މޫނު ބުރުގާއަށް ފުރައްސާރަކޮށް، މަޖިލީހުގައި ސްޓަންޓް ޖެއްސި އޮސްޓްރޭލިއާގެ މެންބަރު ސަސްޕެންޑްކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އާންމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރަން ގޮވައި، މޫނު ބުރުގާއަށް ފުރައްސާރަކުރަމުންދާ، އޮސްޓްރޭލިއާގެ ސެނެޓަރ ޕޯލީން ހެންސަން، އަނެއްކާވެސް ”މޫނުބުރުގާ ސްޓަންޓެއް“ ޖައްސައިފިއެވެ.

މި މައްސަލާގައި އޮސްޓްރޭލިއާ ސެނެޓުން ވަނީ، އޭނާ ހަތް ދުވަހުގެ މަޖިލިސް ޖަލްސާތަކަށް ސަސްޕެންޑްކޮށްފައެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާއަށް ހެންސަން މޫނުބުރުގާ އަޅައިގެން ދިޔައީ، އާންމު ތަންތަނުގައި މޫނުބުރުގާ އާއި އެނޫންވެސް މޫނު ނިވައިކުރާ ތަކެތި މަނާކުރުމުގެ ބިލެއް ހުށަހެޅުމުގެ ހުއްދަ އޭނާއަށް ނުލިބުމުންނެވެ.

އެގޮތުން، އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މި އަމަލުތަކަކީ، އޭނާ ހުށަހެޅި ބިލު ސެނެޓުން ބަލައިނުގަތުމާ ގުޅިގެން ކުރި އިހުތިޖާޖެއް ކަމަށެވެ. އެޕޯސްޓުގައި އޭނާވަނީ މޫނު ބުރުގާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް އިހާނަތި ބަސްތައް ބުނެފައެވެ.

ހެންސަން މޫނު ފޮތިކޮޅެއް އަޅައިގެން މަޖިލީހުގައި: ފޮޓޯ/ ރޮއިޓާސް

”އަހަރެން މޫނުބުރާ އަޅައިގެން މަޖިލީހަށް ދާން އެމީހުން ބޭނުން ނުވާނަމަ، އާއްމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާ ކުރޭ“ހެންސަން ބުނެފައުވެއެވެ.

ހެންސަން މި ޢަމަލާއި ގުޅިގެން ސެނެޓު މެންބަރުން ވަނީ ވަރަށް ބޮޑު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަދި މަޖިލީހުގެ ރިޔާސަތުން އޭނާއަށް މޫނުބުރުގާ ނެގުމަށް އެންގުމުން އޭނާ ބުރުގާ ނުނެގުމުން ޖަލްސާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

"މިއީ ނަސްލީ ތަފާތުކުރުން، ފާޅުކަން ބޮޑު ނަސްލީ ތަފާތުކުރުމެއް މި ފެންނަނީ. މިއީ ހިތާމަވެރި އަމަލެއް" ހެންސަންގެ ޢަމަލާ ގުޅިގެން ނިއު ސައުތު ވޭލްސްގެ ގްރީންސް ޕާޓީގެ މުސްލިމް ސެނެޓަރެއް ކަމަށްވާ މެހްރީން ފާރޫގީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހެންސަން ވަނީ މޫނުބުރުގާ އަޅައިގެން މަޖިލީހަށް ހާޒިރުވެފައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް މަޖިލީހަށް މޫނުބުރުގާ އަޅައިގެން އޭނާ ދިޔައީ ގައުމީ ފެންވަރުގައި ބުރުގާ މަނާކުރުމަށް ގޮވާލާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް