އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ ޓީމުން ހަރަކާތްތެރިވަނީ... ފޮޓޯ: ވޮއިސް
އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ ޓީމުން ހަރަކާތްތެރިވަނީ... ފޮޓޯ: ވޮއިސް
ވިޔަފާރި 13 Oct 2025 | 14:13

އެލައިޑް ތަކާފުލްގެ "ފަޔަރ ތަކާފުލް" މިހާރު އޮންލައިނުކޮށް ނެގޭނެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ "ފަޔަރ ތަކާފުލް" ހިދުމަތަށް އޮންލައިނުކޮށް ހުށަހެޅޭގޮތަށް ހަދައިފިއެވެ.

އެލައިޑުން ބުނީ އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ނެގޭގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތް އެކުންފުނީގެ އޮންލައިޓް ޕޯޓަލް "މައި އެލައިޑް" މެދުވެރިކޮށް މިހާރު ނެގޭނޭ ކަމަށެވެ. މިއާއެކު ފަޔާ ތަކާފުލް ނެގުމަށް ބޭނުންވާ ފަރާތްތަކަށް  ވަގުތުން ޕްލޭން އޮންލައިނުކޮށް އަވަހަށް ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމެއް ހުށަހަޅަން ނުޖެހި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެލައިޑުން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފަޔަރ ތަކާފުލް ހިދުމަތުން އަލިފާނުގެ  ހާދިސާއިން ލިބޭ ގެއްލުންތަކުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށްލިބޭ ގެއްލުމާއި އެނޫންވެސް ސަބަބުތަކާ ހެދި ލިބިދާނޭ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދެއެވެ. އަދި މިފަދަ ނުރައްކާތަކުގެ ތެރޭގައި، ހަމަނުޖެހުންތަކާއި، މުޒާހަރާތަކުން މުދަލަށްލިބޭ ގެއްލުން، ފެންޓޭންކް، ނުވަތަ ފެން ހޮޅިއެއް ފަލައިގެންދިއުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުންތައް ހިމެނެއެވެ.

ބޭކަރީތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި، ސެލޫންތަކާއި، ވޯކްޝޮޕްތަކާއި، ، ގުދަންތަކާއި، ޑައިވް ސެންޓަރުތަކާއި އަދި އެނޫންވެސް ކުދި ވިޔަފާރިތަކަށް މިހާރު ހެޔޮއަގުގައި މި ޕްލޭނުން ރައްކާތެރިކަން ލިބިގެންދާނޭކަމަށް އެލައިޑުން ބުނެއެވެ. އެލައިޑުން މި ޕްލޭން ފަރުމާކޮށްފައިވަނީ އެޕްލައިކުރާ ވިޔަފާރިއަކަށް ހާއްސަކޮށް ކަސްޓަމައިޒް ކުރެވޭނެ ގޮތަކަށެވެ.

އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުން ކުރިއަށްވުރެ ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އަތްފޯރާފަށަށް ހިދުމަތް ގެނެސްދިނުން ކަމަށް އެލައިޑުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
10 Sep 2026 ވިޔަފާރި

އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައި...

ދަރަނީގެ ބުރައިން އާއިލާ ރައްކާތެރިކުރުމަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް
08 Sep 2026 ހަބަރު

ދަރަނީގެ ބުރައިން އާއިލާ ރައްކާތެރިކުރުމަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަކީ އިންސާނާގެ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ގެދޮރު އެޅުމަށާއި، ވިޔަފާރި ފުޅާކުރުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށް ބޭންކުތަކުންނާއި މާލީ އިދާރާތަކުން ނަގާ ބޮޑެތި ...

އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ
18 Aug 2026 ހަބަރު

އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

އެލައިޑް އިންޝުއަރެންސުން މިއަދު ގްރޭންޑް ޕާކްސައިޑުގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި ރަސްމީ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ ޕެނެލް ސެޝަންތަކުގައި ހ...

އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މެންބަރުންނަށް ޚާއްޞަ ފައިދާތައް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
08 Jul 2026 ވިޔަފާރި

އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މެންބަރުންނަށް ޚާއްޞަ ފައިދާތައް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯ...

"ބައިލައްކަ ބޭނުން؟" ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
07 Jul 2026 ހަބަރު

"ބައިލައްކަ ބޭނުން؟" ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުންދާއިރު، "ބައިލައްކަ ބޭނުން؟" ކެމްޕޭނުގެ ދަށުން ޚާއްސަ ގިވްއަވޭއެއްގައި ބައިވެރިވެގެން 50،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތެއް އެލައިޑުން މިވަނީ ހުޅުވާލާފައެވެ. ބައިލ...

އެލައިޑް މެރިން ހަލް އިންޝުއަރެންސް؛ ކަނޑު އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަން
05 Jul 2026 ވިޔަފާރި

އެލައިޑް މެރިން ހަލް އިންޝުއަރެންސް؛ ކަނޑު އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަން

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ދަތުރުފަތުރާއި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކަނޑުމަތީގައި ކުރާ ގައުމަކަށް ވުމުން، ކަނޑު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަކީ ކޮންމެ އު...