ކައިލީ ޖެނަރއަށްވުރެ މިފަހަރު މަޝްހޫރުވީ ކުކުޅުބިހެއް!
އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވާ ފޮޓޯގެ ޝަރަފު، ކައިލީ ޖެނަރ ވައްޓާލުމަށްފަހު ކުކުޅު ބިހެއްގެ ފޮޓޯ ހޯދައިފިއެވެ.
މީގެ ކުރިން 18 މިލިޔަން ލައިކްއާއި އެކު އެންމެ ގިނަ ލައިކް ހޯދި ފޮޓޯގެ ޝަރަފު އޮތީ، މަޝްހޫރު މޮޑެލް ކައިލީ ޖެނަރ ހިއްސާކުރި އޭނާގެ ތުއްތު ދަރިފުޅު ސްޓޯމީގެ ފޮޓޯއެއްގެ އަތުގައެވެ.
ނަމަވެސް ވޯލްޑް ރެކޯޑް އެގްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްއިން ޕޯސްޓްކޮށްފައިވާ ބިހުގެ ފޮޓޯއަށްވަނީ 25މިލިޔަނަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އެހެންކަމުން އެ ބިހުގެ ފޮޓޯ ވަނީ ކައިލީއާއި ސްޓޯމީގެ ރެކޯޑް މުގުރާލާފައެވެ.
މިކަން ވުމުން ކައިލީ ވަނީ މަގުމައްޗަށް ބިހެއް ފަޅާލާ ވީޑިޔޯއެއް ސްނެޕްޗެޓަށް އަޕްލޯޑްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް