ހުޅުމާލެ ފޭސް 3 ބިންހިއްކާ ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފެސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާތީވެ، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މި އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުން ނަގާ އުޅަނދުތައް ބޭރުތޮށީގައި އެޅުމުގެ ފުރުސަތު ދީފައިވާނޭކަމަށާއި، މި މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

އެޗްޑީސީން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު 15 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް