އިމާރާތްކުރުމުގެ ދާއިރާ ކުރިނާރާ އުފެއްދުންތެރިކަން ދަށަށް!
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިނޭރުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމާއި އިގްތިސާދީ ކުރިއެރުމުގެ ނިސްބަތް ދަށްވެއްޖެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓުގައެވެ. ނަމަވެސް މި އަހަރު އެ އަަދަދު ވަނީ 3.1 ޕަސެންޓަށް ދަށަށް ގޮސްފައެވެ.
އެ އިދާރާއިން ބުނިގޮތުގައި މިގޮތް ދިމާވުމުގެ މައިގަނޑު ސަބަބަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިނޭރުމެވެ. މީގެ ސަބަބުން އެ ދާއިރާއަށް އެތެރެ ކުރާ އުފެއްދުންތައް މަދުވެ، މުޅި ސިނާއަތް ދަށަށް ގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް އެމްއެމްއޭއިން ނެރުނު އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރިކަމުގައި ވިޔަސް، އިގްތިސާދުގެ ކުރިއެރުމަށް ހިއްސާ ކުރާ އިންސައްތަ ވަނީ ދަށްވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް