ރައީސް ނަޝީދުގެ އޮފީހެއް ބޮޑުތިލަދުންމައްޗަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ.ދިއްދޫގައި އެމަނިކުފާނުގެ އޮފީހެއް ހުޅުވައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އަނބިކަނބަލުން ލައިލާ އަލީ އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
މިއީ އަތޮޅު ތެރޭގައި ހުޅުވި ރައީސް ނަޝީދުގެ ދެވަނަ އޮފީހެވެ. މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ނަޝީދުގެ އޮފީހެއްވަނީ އައްޑޫ އަތޮޅުގައިވެސް ހުޅުވައިފައެވެ.
13އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް މުހައްމަދު ނަޝީދުގެ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ކޯޓުން އަމުރުު ކުރުމާއި އެކު ރައީސް ނަޝީދު ވަނީ ރާއްޖެއަށް ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް