އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އިސްތިޢުފާ ދެއްވައިފި
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސް، ފާތިމަތު ސަމީރު މަޤާމުން، އިސްތިޢުފާ ދެއްވައިފިއެވެ.
މިއަދު ފާތިމަތު ސަމީރު ” އެކްސް ” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އެމްޑީޕީ އަންހެނުއްގެ ރޫހުގެ ނައިބު ރައީސްގެ މަޤާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާ ކަމަށެވެ.
ފާތިމަތު ސަމީރު، މި ނިންމެވުން ނިއްމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ބަލިހާލަތު ހުރިގޮތެވެ. އަދި މި ނިންމެވުން ނިންމެވީ ޒުވާން ކަނބަލުންނަށް ފުރުސަތު ދިނުން މުހިންމު ކަމަށް ޤަބޫލު ކުރެވޭތީ ކަމަށްވެސް ފާތިމަތު ސަމީރު ވަނީ ވިދާޅުވެފައެވެ.
ފާތިމަތު ސަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ ފަރާތުން ލިބުނު އެހީތެރިކަމާއި، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ބެހެއްޓެވި ގާތްކަމަށް ޕާޓީގެ ހުރިހާ ގުނަންތަކަށާއި ޕާޓީގެ ހުރިހާ މެމްބަރުންނަށް ފާތިމަތު ސަމީރު ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް