އެމްއާރުއެމްއިން މަޖިލިސް ކެމްޕޭން ލޯންޗްކުރާނީ މާރިޗު ހައެއްގައި -ތަޒްމީލް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެ ކެނޑިޑޭޓުންގެ ރަސްމީކޮށް ލޯންޗްކުރާނީ އަންނަ މަހުގައި ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ތަރުޖަމާން ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އެޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕެއިން ރަސްމީކޮށް ފައްޓާނީ އަންނަ މަހުގެ ހަވަނަދުވަހުގައި ކަމަށެވެ. ކެމްޕެއިން ލޯންޗްކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ ބާއްވަން ނިންމާފައިވަނީ ދަރުބާރު ގޭގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ތަޒްމީލް ވިދާޅުވީ އެމްއާރްއެމްގެ ފަރާތުން މަޖިލިސް އިންތިޚާބްގައި އަދި މިހާތަނަށް ވާދަކުރަން ނިންމާފައިވަނީ 24 ކެނޑިޑޭޓުން ކަމަށާއި، މި އަދަދު އިތުރުވުން ވެސް އެކަށީގެންވާކަމަށެވެ.
މިއިންތިޚާބްގެ ކެމްޕެއިންގެ ތެރެއިން ރައްޔިތުންގެ ތާއީދު ރައީސް މައުމޫނަށް އޮތް މިންވަރު އެނގިގެންދާނެ ކަމަށްވެސް ތަޒުމީލް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ފޯމް ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މަޖިލީހަށް ވާދަކުރައްވާ ހުރިހާ ފަރާތްތަކުންވެސް އަންނަނީ އިންތިޚާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.
.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް