މާލޭ ގެސްޓްހައުސް އެއްގެ ތެރެއިން ޒަޚަމްތަކާއެކު އޮތް ދިވެއްސެއް ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަޚަމްތަކާއެކު އޮތް ދިވެއްސެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު ހެންވޭރު ސަރަޙައްދުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ގޮސް އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަޚަމްތަކާއެކު އޮތް 27 އަހަރުގެ ދިވެހި ފިރިހެނެއް ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޒަޚަމްވެފައިވާ ފަރާތް ވަނީ އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވާ ކަމަށާ އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ވަގުތު ހާދިސާ ހިނގި ތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް