މަންމައަށް ބިރުދައްކައި އިންޒާރު ދިން ޒުވާނެއްގެ ބަންދަށް 15 ދުވަސް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަންމައަށް ބިރުދައްކައި އިންޒާރު ދިން ޒުވާނަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށް ބަންދު ކުރަން އަމުރު ކުރީ އުމުރުން 24 އަހަރުގެ މއ. މޯނިންވިއު، ހުސައިން ޝިމާއު އާދަމް އެވެ.
ޝިމާއުގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މަންމައަށް ބިރުދައްކައި އިންޒާރު ދީފައިވަނީ، ތަކުރާރުކޮށް ފައިސާއަށް އެދުމުން، އޭނާގެ މަންމަ ފައިސާ ނުދިނުމުންނެވެ.
މަންމަ އަށް އިންޒާރު ދިނުމުގެ އިތުރުން އެ ގޭގެ މުދަލަށް ވެސް އޭނާ ގެއްލުން ދީފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
އަދި ޝިމާއު އަކީ ބިރުދެއްކުމާއި މާރާމާރީގެ ރެކޯޑު އޮންނަ މީހެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް