ޗައިނާއާއި ރައީސް ޔާމީން ގުޅިގެން ދިވެހިރާއްޖެ ދަރަނިވެރި ކުރުވައިފި: ރައީސް ނަޝީދު
ޗައިނާާއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިގެން ދިވެހިރާއްޖެ ދަރަނިވެރިކުރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔަން އޯޝަން ކޮންފަރެންސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޗައިނާއިން ގުޅިގެން ދިވެހިރާއްޖެ ދަރަނިވެރިކުރުވާފައިވާ ކަމަށާއި މިދިޔަ ފަސް އަހަރު ޗައިނާއިން ކާމިޔާބުވުން ކުޑަ ގިނަ ޕްރޮޖެކްޓްތަކަށް ލޯނު ދޫކުރިކަމަށެވެ. އަދި އެފަދައިން ނަގާ ލޯނުތައް ދެއްކުމަށް އުޒުރުވެރިވުމުން ޗައިނާގެ ސަރުކާރުން އިކުއިޓީއަށް އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މިގޮތަށް އިކުއިޓީ ދޭ ހިނދުގައި ސިޔާދަތުވެސް ދޫކޮށްލަން ޖެހެއެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވަނީ ޗައިނާއިން ރާއްޖޭގައި އަމަލުކުރަމުންދާ ގޮތާއި އިނގިރޭސިވިލާތުގެ އީސްްޓް އިންޑިޔާ ކޮމްޕެނީން ކަލްކަތާގައި އަމަލުކުރިގޮތް އެއްފަދަ ކޮށްފައެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި ޖެހެންދެން ރާއްޖޭއަކީ ބިން ފޭރުމަށް އޮތް ސުވަރުގެއެއް ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް