އެމްޑީޕީގެ ރައީސްކަމަށް ޑރ.ނާޝިދުގެ ތާއިދު ޝިފާޒަށް!
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒަށް ތާއިދުކުރެއްވުމަށް ޑރ.އިބްރާހިމް ނާޝިދު (ނާޝް) ނިންމަވައިފިއެވެ.
ޑރ.ނާޝިދުއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅެވެ. މިމަހުގެ 22ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގައި އެބޭފުޅާގެ ކޮއްކޯފުޅު ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާނެއެވެ.
ޑރ.ނާޝިދު އެމްޑީޕީގެ ނައިބު ރައީސްކަމަށް ޝިފާޒަށް ތާއިދުކުރެއްވުމަށް ނިންމެވިކަން ހާމަކުރެއްވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
އެބޭފުޅާ ޝިފާޒަށް ތާއިދުކުރައްވަން ނިންމަވާފައިވާއިރު، ޝިފާޒާއި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވާދަކުރައްވާ ފަރާތެއްކަމަށް ވަނީ އަޑުފެތުރިފައެވެ.
މިވަގުތު އަސްލަމާއި ގިނަ އަދަދެއްގެ އެމްޑީީޕީގެ އައްޑޫސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްެބެވީ ރައީސް ނަޝީދުގެ އަރިހުގައި އައްޑޫ ސިޓީގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް